އެކްޓްރެސް ބުރުނާ އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.
ބުރުނާ އަށް އަންހެން ދަރިއަކު ލިބުނުކަން އޭނާ އިއްޔެ އަންގާފައި ވާއިރު ބުރުނާ ބުނީ އޭނާ ވިހާފައި ވަނީ މިދިޔަ މަހު 31 ގައި ކަމަށެވެ. ބުރުނާ އޭނާގެ ދަރިފުޅަށް މިހާރު ނަން ދީފައިވާއިރު އެކުއްޖާއަށް ކިޔަނީ “އިސަބެއްލާ” އެވެ.

ބުރުނާ ވަނީ އެ އިންސްޓަ ޕޯސްޓެއްގައި ދަރިފުޅުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. ބުރުނާ އޭނާގެ ލޯބިވެރިޔާ އެލަން ފްރޭސް އާ ކައިވެނިކޮށްފައި ވަނީ މިއަހަރުގެ މެއި މަހު ތައިލޭންޑުގަ އެވެ. މިއީ އެދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.