އޮސްޓްރޭލިއާގެ އަންހެނަކަށް ބާބެކިއު ވަސް ދުވުމުން އުނދަގޫ ވާތީ އޭނާގެ އަވައްޓެރިން ބާބެކިއު ހަދާ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ސިލާ ގާޑަން ނަމަކަށް ކިޔާ އަންހެން މީހާ ބުނި ގޮތުގައި އޭނާގެ އަވައްޓެރިން ބާބެކިއު ހެދުމާއި، ސިނގިރޭޓު ބުއިމާއި، އަވައްޓެރިންގެ ދަރިން އަޑުގަދަވުމުގެ ސަބަބުން އޭނާއަށް އުނދަގޫވެ އެވެ. ސިލާ ބުނެފައިވާ ގޮތުގައި އޭނާގެ އަވައްޓެރިން އުޅޭ ގޮތުގެ ސަބަބުން ރެޒިޑެންޝަލް ގާނޫނާ ވަނީ ހިލާފުވެފަ އެވެ. އެކަންކަން އިތުރަށް ހިނގިޔަ ނުދޭން އޭނާ ވަނީ ކޯޓު އަމުރަކަށް އެދިފަ އެވެ.
ޕާތް ސްޓޭޓުގެ ކޯޓަކުން ބުނީ އޭނާ ހުށަހެޅީ ގަބޫލު ކުރެވޭ ފަދަ މައްސަލައެއް ނޫން ކަމަށާއި އެކަން އެގޮތަށް ހިނގާ ކަމުގެ ހެކި ނެތް ކަމަށެވެ.
އެ މައްސަލަ ބަލައި ނުގަންނަން ސްޓޭޓް ކޯޓުން ނިންމުމުން ސިލާ ވަނީ ވެސްޓަން އޮސްޓްރޭލިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެކަމަކު އެ ކޯޓުން ވެސް މައްސަލަ ބަލައި ނުގަތުމަށް ނިންމި އެވެ. އެ މައްސަލަ ބޭރު ކުރުމަށް ފަހު ފަނޑިޔާރު ބުނީ އާއިލާއަކުން އެމީހުންގެ އަމިއްލަ ގެޔެއްގައި ބާބެކިއު ހަދާ، ކުދިން ކުޅެން ބަގީޗާއަށް ނެރެ، އެތަނުގައި ދިރިއުޅުމަކީ އެހެން މީހަކަށް އުނދަގުލެއް ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.