މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ހިތަދޫ ހޮސްޕިޓަލުން ބަލަނީ

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މާބަނޑު މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. 


މައުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ހިތަދޫ ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެރޭ ދަންވަރު ކަމަށެވެ. 

“ކުއްޖާ ވަނީ ބަނޑަށް ނިޔާވެފަ. އިންޖެކްޓު ކޮށްގެން ހަމަ ނޯމަލް ޑެލަވަރީއެއްގަ ނަގާފައި،” ޝަރަފު ވިދާޅުވި އެވެ. އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ

އެޗްއާރްއެޗްގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގައި، ގިނަ ބައެއްގެ ފާޑުކިޔުންތައް ހޮސްޕިޓަލަށް އަމާޒުވެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!