4 ދުވަސްތެރޭގައި ސާހޯއަށް 200 ކްރޯޑްގެ އާމްދަނީއެއް

މިދިޔަ މަހުގެ 30 ގައި ސުޖީތު ޑައިރެކްޓުކޮށް ނެރުނު ފިލްމު “ސާހޯ” އަށް 4 ދުވަހުގެ ތެރޭގައި 200 ކްރޯޑު ރުޕީސް ލިބިއްޖެ އެވެ. 


އެ ފިލްމަށް ނެގެޓިވް ކޮމެންޓުތައް ލިބެމުން އައި ނަމަވެސް މިދުވަސްކޮޅަކީ އިންޑިއާގައި ބަންދު ދުވަސްވަރެއްކަމުން ފިލްމަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް އޮންލައިން ވެބްސައިޓުތައް މެދުވެރިކޮށް ފިލްމު ލީކު ވެސް ކޮށްލާފައި ވެއެވެ. އެކަމަކު ފިލްމަށް ލިބެމުންދާ ތަރުހީބަށް ބަދަލެެއް ނާދެއެވެ. 

ފިލްމު ނެރުމުގެ ކުރިން ނެރެފައިވާ ލަވަތަކަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. 

350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމް ބޮކްސްއޮފީހުގައި ބޮލްކްބަސްޓާ ފިލްމަކަށް ވެފައިވާއިރު، މި ފިލްމަކީ، 2017 ވަނަ އަހަރު ރިލީޒް ކުރި “ބާހްބަލީ: ދަ ކޮންކްލޫޝަން” އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ.

“ސާހޯ” ރިލީޒްކުރި ފުރަތަމަ ދުވަހު ފިލްމަށް 24 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވާއިރު، މި ފިލްމް ވެގެންގޮސްފައި މިވަނީ މިއަރު ނެރުނު ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް އިންޑިއާއިން ހޯދި ފިލްމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!