އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ކޮމޭޑިއަން ވިލް ސުމިތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯ ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
50 އަހަރުގެ ވިލް ވަނީ ރެޕާއެއްގެ ގޮތުގައި ދަ ފްރެޝް ޕްރިންސްގައި މަސައްކަތްކޮށް އޭނާއަށް ބޮޑު މަގުބޫލު ކަމެއް ވެސް ލިބިފައި ވެއެވެ.
ގޯލްޑްން ގްލޯބް އެވޯޑްސް އަށް ފަސް ފަހަރު ނޮމިނޭޓްވެ، ދެ އެކަޑަމީ އެވޯޑު ހާސިލްކުރުމުގެ އިތުރުން ހަތަރު ފަހަރަށް ގްރެމީ އެވޯޑްސް ހާސިލްކޮށްފައިވާ ވިލް ސްމިތް އެންމެ ފަހުން ކުޅެފައިވަނީ ޑިޒްނީގެ ފެންޓަސީ ފިލްމް، އާލާއްދީނެވެ. މި ފިލްމުގައި ވިލް ސްމިތު ކުޅެފައި ވަނީ “ޖީނީ”ގެ ރޯލެވެ.