ދަ ޒޯޔާ ފެކްޓާ ގެ ޓްރެއިލާ ދައްކާލައިފި

ސޯނަމް ކަޕޫރާއި ސައުތުގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާން ލީޑް ރޯލް ކުޅެފައިވާ ފިލްމު “ދަ ޒޯޔާ ފެކްޓާ” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ޒުވާން އަންހެނަކު ގުޅިފައި އޮންނަ ގޮތް ކިޔައިދޭ ރޮމޭންޓިކް ޑްރާމާއެކެވެ. “ދަ ޒޯޔާ ފެކްޓާ” އަކީ އިންޑިއާގެ ލިޔުންތެރިޔާ އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި 2008 ގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް އަބީޝެކް ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރް، އަންގަދު ބޭދީ، ސިކަންދަރު ކޭރް، ރާހުލް ކަންނާ، ސޯރަބް ޝުކްލާ، ޕަންކަޖް ދީރް، މަނޫ ރިޝީ، ޕޫޖާ ބަމްރާ އަދި ކޮއެލް ޕޫރީ ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!