މައްކާގައި ބާއްވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތެއްގެ ފަޑިޔާރަކަށް ޝައިޙް އިލްޔާސް

މައްކާގައި ބާއްވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތެއްގެ ފަޑިޔާރުކަން ކުރުމަށް ޝައިޙް އިލްޔާސް ޙުސައިން މިއަދު މައްކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އަދާލަތު ޕާޓީއިން ބުނެފައިވަނީ، މައްކާގައި ކުރިއަށްދާ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ފަޑިޔާރުކަން ކުރުމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ރައީސް އައްޝައިޙް ޢިލްޔާސް ޙުސައިން މިއަދު ހެދުނު ސައޫދީ ޢަރަބިއްޔާއަށް ފުރާއިވަޑައިގެންފައި ވާކަމަށެވެ.

ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގެ 41 ވަނަ މުބާރާތް މައްކާގައި ބޭއްވިގެން ދާއިރު މި މުބާރާތުގައި މިފަހަރު 103 ޤައުމަކުން ބައިވެރިވެފައި ވެއެވެ. 146 ބައިވެރިންނާ އެކު ބޭއްވޭ މިޤުރުއާން މުބާރާތް ކުރިއަށްދާނީ މުޙައްރަމް މަހުގެ 8 ން 11 އަށެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮއްލެވޭ މި މުބާރާތުގައި 2018 ވަނަ އަހަރު، 13 ބައިވެރިއަކު އެކި ވަނަތައް ޙާސިލް ކޮށްފައިވެއެވެ.

މިމުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް 67،000 ޑޮލަރުގެ އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!