91 އަހަރުގެ މީހަކު ފްރިޖަކަށް ލައިގެން ގެންގޮސް ކިޑްނެޕްކޮއްފި

އިންޑިއާގައި ތަފާތު ގޮތަކަށް އުމުރުން ދުވަސްވީ މީހަކު މި ވަނީ ރަހީނުކޮށްފައެެވެ. އުމުރުން 91 އަހަރުގެ ފިރިހެނަކު، ބަޔަކު ވެގެން ރަހީނުކޮށްގެން ގެންގޮސްފައި ވަނީ ފްރިޖަކަށް ލައިގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު، އޭނާ ކިޑްނެޕް ކުރިއިރު، އޭނާ ކިޑްކެނެޕްކޮށްފައި ވަނީ، އޭނާގެ ގޭގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ކްރިޝްނާ ޚޮސްލާ ނަމަކަށް ކިޔާ މި މީހާ ރަހީނުކޮށްފައި ވަނީ، އޭނާގެ ގޭގައި މަސައްކަތުގައި އުޅޭ ކިޝާން ނަމަކަށް ކިޔާ މީހާއެވެ.

ކިޝާން އޭނާ ރަހީނުކުރީ، އޭނާގެ ވެރިމީހާއާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކިޝާން، އޭނާ ރަހީނުކޮށްފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި، އިތުރު ފަސް މީހުންނާއެކު ގޮސްފައެވެ.

ދިއްލީގައި ހިނގި މި ހާދިސާގައި ފުލުހުން މިހާރުވަނީ އެމީހުން ހައްޔަރުކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!