ފަތާ ޓްރެކް ސަރަޙައްދު ސާފުކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

މާލޭ ފަތާ ޓްރެކް ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ގުޑް ވޯޑްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފްއެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ފަތާ ޓްރެކް ހަޑިކޮށް އޮތުމުގެ ސަބަބުން އެކި ގޮތްގޮތުން އާއްމުންގެ ޝަކުވާ ލިބެމުންދާކަމަށާ މިކަމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެތަން ބެލެހެއްޓުމަކީ ކޮންބައެއްގެ ޒިންމާއެއްކަން މިހާތަނަށް އައިރުވެސް ކަނޑައެޅިފައި ނެތުމުގެ ސަބަބުން އެ މިނިސްޓްރީން ބަޔަކާ ހަވާލުކޮށް ކުރުމަށް ނިންމީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެތަން ބަލަހައްޓަން ފެށުމާއެކު އެތަނަށް ވަންނަ ކުނި މަދުވެ އެކަން ހައްލުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓރަ ވިދާޅުވިއެވެ.

މިނިސްޓަރ މަޙްލޫފު ވިދާޅުވީ މީގެ ކުރިން ސްވިމިންގ ޓްރެކް ހިޔާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އީޕޭއިން ހުއްޓުވިނަމަވެސް ކުރިއަށްއޮތް ވިއްސަކަށްދުވަހުގެ ތެރޭ އެމަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މާލޭ ފަތާ ޓްރެކް ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ގުޑް ވޯޑްސް ޕްރައިވެޓް ލިމިޓެޑުން ބުނީ އެ ކުންފުނިން އެ މަސައްކަތް ކުރަމުންގެންދާނީ އެ ސަރަޙައްދަށް ފަތަން ގޮސް އުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް ކަމަށެވެ.

ސްވިމިން ޓްރެކް ސަރަޙައްދުގައި ޗޭންޖިން ރޫމަކާއި ފެންވެރޭނެ ފާޚާނާ ބަރިއެއް ހިމެނޭގޮތަށް ސިޑިބަރިއެއް އެޅުމަށް މާޒިޔާ ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!