ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓާއެކު ދެ ފުލުހެއްގެ މައްސަލަ ބަލަނީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް، އެ މީހުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭގެ އިތުރުން ފުލުހުންގެ މުވައްސަސާއިން ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލަ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމުމަށްފަހު ތަޙްޤީޤް ރިޕޯރޓް ލިބުމުން ފުލުހުންގެ މުވައްސަސާގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށެވެ. 

ފުލުހުން މިއަދު ވަނީ ރިޔާސީ ކޮމިޝަނާއި ބައްދަލުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި ރިޔާސީ ކޮމިޝަނަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިލްވާން ރާއްޖޭން ބޭރަށް ފުރިކަން ދައްކަން ޖާސޫސީ ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރި އިރު، އެ މައްސަލައިގެ ތަހުގީގު އެހެން ކޮޅަކަށް އަނބުރާލަން ނުވަތަ “ޑައިވާޓް” ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ރިލްވާނަށް އިންސާފު ހޯދުމުގައި ފުލުހުންގެ ފަރާތުން އެ އާއިލާ އުންމީދު ކުރި ފަދަ އެއްބާރުލުމެއް ފޯރުކޮށްދެވިފަ ނުވާތީ ހިތާމަކުރާ ކަމަށެވެ.

ރިލްވާން ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައި ކަމަށާއި އެ ފިކުރުގެ މީހުން މާލޭގައި ހިންގި ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން މަރާލުމަށް ޓާގެޓަކަށް ހަދާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ފަހުން ރިލްވާންއަށް ފާރަލަމުން ގެންދިޔަ ކަމަށާއި އެ މީހުންގެ ވާހަކަ ރިލްވާން ވެސް މިނިވަން ނޫހުގައި ލިޔެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!