އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ދިވެހިރާއްޖެއަށް ވަޑައިގެންނެވި ބައެއް އިސްވެރިން މިނިސްޓަރ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ވަޑައިގެންނެވި ބައެއް އިސްވެރިންނާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހަށް މިއަދު ޒިޔާރަތް ކުރެއްވީ ނޭޕާލްގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ގިޔަވާލީ އާއި އޮމާންގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ބަދްރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީ އަދި ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫރީ މަޓޭރީއެވެ.


ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ދިވެހިރާއްޖެއާއި އެޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.


އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ބައެއް ޤައުމުތަކުގެ އިސްވެރިން ދިވެހިރާއްޖެ ވަޑައިގެންފައިވާއިރު، މިރެއާއި މާދަމާވެސް ބައެއް ބޭފުޅުން ވަޑައިގަންނަވާނެއެވެ. މި ކޮންފަރެންސަކީ އިންޑިއާ ފައުންޑޭޝަނާއި ފޮރިން މިނިސްޓްރީގެ ފޮރިން ސަރވިސަސް އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން 2 ދުވަހުގެ މުއަދަތަށް ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އަދި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!