“އައި ފިލްމްސް” ގެ ފުރަތަމަ އުފެއްދުން “ބަވަތި” މިރޭ އޮލިމްޕަހުގައި އަޅުވާނެ އެވެ.
މިރޭ 20:00 އިން ފެށިގެން “ބަވަތީ” ގެ ރެޑްކާޕެޓް އިވެންޓް ކުރިއަށް ދާއިރު މިރޭ ފިލްމު ޕްރިމިއާ ކުރުމަށް ބާއްވާ ހަފްލާގައި ވަރަށް ގިނަ ފަންނާނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިލްމުގެ ފުރަތަމަ ޝޯ (މިރޭ)ގެ ޓިކެޓުތައް ހުސްވެފައި ވާއިރު ކުރިއަށް ހުރި ޝޯތަކަށް ވެސް ޓިކެޓު ވިކެމުން އަންނަ ކަމަށް ފިލްމު އުފެއްދުންތެރިން ވަނީ ބުނެފަ އެވެ.
ފިލްމުގެ ލީޑް ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އަދި ފިރިހެން ލީޑު ރޯލުގައި އުޅޭނީ އަހްމަދު އިފްނާޒް ފިރާގެވެ. ފިލްމު ލިޔެ ޑައިރެކްޓް ކުރަނީ އިލްޔާސް ވަހީދެވެ.