މަސްވެރިކަމާއިބެހޭ ބައިނަލްއަޤްވާމީ ދެ ބައްދަލުވުމަކަށް މިނިސްޓަރ ޒަހާ ނިއުޒިލެންޑަށް

މަސްވެރިކަމާއިބެހޭ ބައިނަލްއަޤްވާމީ ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ނިއުޒީލޭންޑަށް ފުރާވަޑައިގަނެފިއެވެ.

ޕްރޮސްޕެރިޓީ ކޯލިޝަނާއި އެންވަޔަރަންމެންޓަލް ލޯ އިންސްޓިޓިއުޓް، ވައިޓް އިންސްޓިޓިއުޓް، އަދި އައިޔޫސީއެން އޯޝަނިއާއާ ގުޅިގެން ބާއްވާ މިބައްދަލުވުންތައްކުރިއަށްދާނީ މި ސެޕްޓެމްބަރުމަހުގެ 3 އިން 6 އަށް ނިއުޒީލޭންޑްގައެވެ. 

އަދި މިބައްދަލުވުންތަކުގައި، ޖަޒީރާ ޤައުމުތަކުގެ މެދުގައި، މެރިން ސްޕެޝަލް ޕްލޭނިންއާ ގުޅޭގޮތުން މަޝްވަރާކުރެވި، މިމަސައްކަތް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ނިޒާމް ފަރުމާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ރަނގަޅު އާދަތަކަށް ރިޢާޔަތްކޮށްގެން އެމަސައްކަތް ކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!