ފީފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ވެން ޑައިކް ވާދަކުރަނީ

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ލިވަޕޫލުގެ ވާޖިލް ވެން ޑައިކް ނޮމިނޭޓްވެއްޖެ އެވެ.

“ބެސްޓް” ގެ ނަމުގައި ފީފާ އިން ދެމުން އަންނަ މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަށް ބަލާއިރު މެސީ ވަނީ ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ. ޔުވެންޓަސް އާއެކު ރޮނާލްޑޯ އިޓާލިއަން ލީގު ހޯދިއިރު އޭނާ ވަނީ 43 މެޗުގައި 28 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

އަދި ލިވަޕޫލް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވެންޑައިކް ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި އެވޯޑު މިފަހަރު ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް ވެންޑައިކްއެވެ.

މި އެވޯޑަށް ވެން ޑައިކް ވާދަކުރާއިރު ޔޫއެފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ ވެން ޑައިކަށެވެ.

ފީފާގެ ބެސްޓް އެވޯޑްސްގެ މި ފަހަރުގެ ހަފްލާ އޮންނާނީ މި މަހު 23 ވަނަ ދުވަހު މިލާނުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!