ތިނަދޫގައި ޒުވާނަކު ދުއްވި ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ޒުވާން ކުއްޖަކު ދުއްވި ކާރެއް ކޮންޓްރޯލު ނުވެ މޫދަށް ވެއްޓިއްޖެއެވެ.

މިއަދު ހަވީރު 4:30 ހާއިރު ހިނގި މިހާދިސާ ހިނގާފައިވަނީ ތިނަދޫގެ އަލަށް ހިއްކި ސަރަހައްދުގައެވެ.

މި ހާދިސާ ހިނގާފައިވަނީ ކާރު ފަހަތަށް ޖަހަން އުޅުމުގެ ތެރޭގައި ޑްރައިވަރަށް އޮޅިގެން ރޭ ހައް ފިތިގެން ކަމަށް މިނޫހަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ކާރު އޮތީ ތިނަދޫގައި ލާފަ ހުރި ބޮޑު ހިލަ ތޮށިން ވެސް ބޭރަށް ވެއްޓިފައެވެ.

އެ ހާދިސާ ހިނގިއިރު ކާރުގައި ތިބީ ޑްރައިވަރާއި އިތުރު މީހެކެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތިނަދޫ ދެކުނު ފަރާތު ކަފެނާ ސަރަހައްދުގެ މޫދަށް ވެއްޓުނު ކާރު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!