ސީއެމްޑީއޭގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯގެ މަގާމުން ނާދިޔާ ހަސަން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެމްޑީއޭ އިން ބުނީ އެ މަގާމުން ނާދިޔާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސީއެމްޑީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ނާދިޔާ ސީއީއޯގެ މަގާމާއި ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ.

ސީއީއޯގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރައްވަންދެން ސީއެމްޑީއޭގެ އެކްޓިން ސީއީއޯގެ މަގާމު އަދާކުރައްވާނީ ފާތިމަތު އަބްދުﷲ ކަމާލުއްދީނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!