އަޒްމިރަލްދާ އާއި ޝުޖޫންގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަޒްމިރަލްދާ އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމެވެ. އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ދެން އޮންނާނީ އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް ވޯޓަށް އެހުމެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

އަޒްމިރަލްދާ އަދި ޝުޖޫން ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމިއިރު، މި ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުށަހެޅުއްވި ނަންފުޅުތަކެކެވެ. މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި މެދު ޖޭއެސްސީގެ ލަފަޔަކަށްވެސް ރައީސް އެދުނެވެ. އަދި ޖޭއެސްސީން ވަނީ މި ދެ ބޭފުޅުން އައްޔަން ކުރަން ފެންނަ ކަމަށް ލަފާވެސް ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!