ފޮޓޯ: ގޫގުލް

4 ރަހުމަތްތެރިން ރޭޕްކޮށްލި 19 އަހަރުގެ އަންހެން މީހާ މަރުވެއްޖެ

އިންޑިއާގެ މުމްބާއީގައި އުފަން ދުވަސް ފާހަގަ ކުރަމުންދަނިކޮށް ރޭޕްކޮށްލި 19 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އެ ޒުވާނާ ރޭޕްކޮށްލާފައި ވަނީ އުފަން ދުވަސް ފާހަގަކުރުމަށް ރަހުމަތްތެރިއެއްގެ ގެއަށް ގޮސްގެން އުޅެނިކޮށް ހަތަރު ފިރިހެނަކު ވެގެންއެވެ. އެ ހަތަރު މީހުންނަކީވެސް އޭނާގެ ރަހުމަތްތެރިންނެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި ހިނގާދިޔަ މި ހާދިސާއަށްފަހު އެ ޒުވާނާއަށް ދިޔައީ ސަރުކާރު ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާތާ ދެ ވަރަކަށް މަސް ފަހުން މިިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މަރުވީ ޖިންސީ ގޯނާތަކަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޖުލައި މަހުގެ ހަތް ވަނަ ދުވަހު ރަހުމަތްތެރިއެއްގެ ގޭގައި އުފަން ދުވަސް ފާހަގަ ކުރުމަށް ގޮސް، އެ މީހުންނާއެކު އޭނާ ކޭކު ފެޅިއެވެ. އަދި އޭގެ ފަހުން އެ މީހުން މި ޒުވާނާ ރޭޕްކުރިއެވެ. ހަތަރު މީހުންވެގެން އެ ޒުވާނާ ރޭޕްކުރުމުން، އޭނާވެސް ހުރީ ޝޮކެއް ޖެހިފައެވެ. އޭނާ ގެއަށް ގޮސް އެ ވާހަކަ އެއްވެސް މީހެއް ކައިރީ ބުނެފައެއް ނުވެއެވެ.

ނަމަވެސް އޭނަގެ ޖިިންސީ ގުނަވަންތަކުގައި ރިއްސާތީ އެންމެ ފަހުން އޭނާ އެކަންތައް މައިންބަފައިންނަށް އެންގިއެވެ. އޭނާ އެކަން އެންގީ އެ ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުން ކަމަށް ވެއެވެ. އަދި އޭނާގެ މައިންބަފައިން އެކަން މުމްބާއި ފުލުހުންގެ ސަމާލުކަމަށް ގެނައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!