ބިގް ބޮސް 13 ގެ އާ ޕްރޮމޯއެއް ދައްކާލައިފި

މި މަހުގެ ތެރޭގައި ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ “ބިގް ބޮސް” ސީޒަން 13 ދައްކަން ތައްޔާރުވަމުންދާ އިރު، ޝޯގެ އާ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ޝޯގެ ދެވަނަ ޕްރޮމޯގައި ފެންނަނީ ޝޯގެ ހޯސްޓް ސަލްމާން ޚާނާއެކު ޓީވީ ބަތަލާ ސުރުބީ ޖޯތީ ޖިމެއްގައި ކަސްތަރުކުރަން އުޅެނިކޮށް، ޓީވީ އެކްޓަރު ކަރަން ވާހީ ވަނުމުން ހިނގާ ކޯޅުންގަނޑެކެވެ.

“ބިގް ބޮސް 13” މި މަހު ދައްކަން ފެށި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އަދި ޝޯ އިން މި ފަހަރު ފެންނާނީ ކޮން ބައެއް ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!