ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަމުންދާކަމަށް އެކައުންސިލުން ބުނެފިއެވެ.

ކުމުންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ.

ކުމުންދޫ ކައުންސިލުން ބުނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!