3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް އެޅުމަށް ސިވެކްއާއި ހަވާލުކުރައްވައިފި

ތިން ރަށެއްގެ އަޅަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގެ “ސަބް-ބޭސް” އެޅުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާއި ހަވާލްކުރައްވައިފިއެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑު އެޅުމުގެ ވައުދުތަކުގެ ތެރެއިން ޅ.ހިންނަވަރާއި ނ.ކެނދިކުޅުދޫ އަދި ނ.ހޮޅުދޫގައި އަޅަން ނިންމާފައިވާ ދަނޑުތަކުގެ “ސަބް-ބޭސް” އެޅުމުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަޙުމަދު މަޙުލޫފެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ކާނަލް އަހްމަދު ޒުބައިރެވެ.

އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ތިން ރަށުގައިވެސް އަޅާ ދަނޑުގެ “ސަބް-ބޭސް” މަސައްކަތް ނިންމާލެވޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު، ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!