އަނެއްކާވެސް މީސްމީޑިއާގައި ވަގެއްގެ ވީޑިއޯ އާންމުކޮށްފި

ފިހާރަތަކުން ވައްކަންކުރަމުންދާ ވަގެއްގެ ވީޑިއޯ އަނެއްކާވެސް މީސްމީޑިއާގައި އާންމުކޮށްލައިފި އެވެ.

ރޭ މީސްމީޑިއާގެ ވެބްސައިޓެއް ކަމަށްވާ ޓުވިޓަރގައި ފާތުމަތު ޒަހާ ނަމަކަށް ކިޔާ މީހެއްގެ އައިޑީއިން މިވީޑިއޯ ހިއްސާކުރަމުން ލިޔެފައިވަނީ، “ފިހާރަތަކުން ވައްކަން ކުރަމުންދާ ވަގެއް، ތަކުރާރުކޮށް އެކި ފިހާރަތަކަށް ވަދެ މިމީހާ ދަނީ ވައްކަންކުރަމުން” ކަމަށެވެ.

ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ ފިރެހެނަކު ފިހާރައެއްގެ ހަރުތައް ކައިރީ ހުންނަ މަންޒަރެވެ. އަދި އިރަކޮޅަކު އެހުރިތަނުގައި ހުރުމަށްފަހު ކުރިމަތީގައިވާ ހަރުން ދެއެއްޗެއް ނަގައި ލައިގެން ހުންނަ ޓީޝާޓް ދަށަށްލައި ފޮރުވާ މަންޒަރެވެ.

މިވައްކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!