ގަވަރުނަރަކަށް ހާޝިމް އައްޔަންކުރަން ކޮމެޓީން ރުހުން ދީފި

ހުސްވެފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީން ވަނީ މިއަދު އެ ކޮމެޓީއަށް ހާޝިމް ހާޒިރު ކުރައްވާފައެވެ. ހާޝިމް ގަވަރުނަރަކަށް އައްޔަން ކުރަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި މީގެކުރިން ހުންނެވީ އަހުމަދު ނަސީރެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!