މެރީން ރިސާޗް ސެންޓަރުގެ ނަން ރައީސް ބަދަލުކުރައްވައިފި

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުންދާ “މެރީން ރިސާޗް ސެންޓަރު”ގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބަދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ “މެރީން ރިސާޗް ސެންޓަރު”ގެ ނަން ބަދަލުކޮށްފައިވަނީ “މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް”ގެ ނަމަށް ކަމަށެވެ. އެ ނަމަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ކަމަށާއި އެހެންކަމުން މިހާރު އެތަނުގެ މަސައްކަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން ހިމެނެއެވެ.

އަދި ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތުގެ އިތުރުން ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި،ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމަކީވެސް އެ އިންސްޓިޓިއުޓުން ކުރާ މަސައްކަތްތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!