ރިލްވާން މައްސަލައަށް ރައީސް ޔާމީން ހުރަސްއެޅުއްވި: ސުއޫދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުޤީގަށް ކުރީގެ ރައިސް އަބްދުﷲ ޔާމީން ހުރަސްއެޅުއްވި ކަމަށް މަރުތަކާއި ގެއްލިފަިއވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ރިލްވާން މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރިލްވާން ގެއްލިގެން އެމައްސަލައިގެ ތަހުޤީޤު ކުރިއަށް ދިޔައިރު އެ ތަހުޤީޤު “ޑައިވާޓް ކުރުމަށް” (މިސްރާބު ބަދަލުކުރުމަށް) ރައިސް ޔާމީން މަސައްކަތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާކަމަށެވެ. 

އެގޮތުން ކަހީނަކު ނުވަތަ ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ރަމަލަޖަހާ ފާލުބަލައި، އޭރުގެ ކަމިޝްނާ އޮފް ޕޮލިސް ބޭނުން ކޮށް މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ.

“ފުލުހުންގެ ތަހުގީގުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތަން މިތަނަށް ފުލުހުން ދުއްވާފައި އެބަހުރި ރޭގަނޑު މާފަންނުގައި ހުރި ގެއަކުން ދަތުރުކޮށް އެތަން މިތަނަށް ކޮމިޝަނާ މެދުވެރިކޮށް ރައީސުލް ޖުމްހުރިއްޔާ ފުލުހުން ފޮނުވާފައިވާކަން ފާހަގަ ކުރެވޭ” ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާންގެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އާއި ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓު ކޮޕީއެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު އަލީ ހެކި ބަސްދީފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!