މަނާ ސަރަހައްދުތަކުގައި ސިނގިރޭޓު ބުއި އަށް މީހަކު ޖޫރިމަނާކޮށްފި

ދުންފަތުގެ އިސްއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރި އަށް މީހަކު ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕޮލިހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ތެރޭގައި މަގުމައްޗަށް ކުނިއެޅި 10 މީހަކުވެސް ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން 37 ކޮންސްޓްރަކްޝަން ސައިޓަކަށް ގޮސް، މައްސަލަ ބަލައި ހައްލުކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް ޕޮލިހުގެ ތަފާސް ހިސާބުތައް ދައްކައެވެ.

އާންމުން އެއްވެ އުޅޭ ތަންތަނާއި ސްކޫލުތައް، ކޮލެޖް ޔުނިވާސިޓީތައް އަދި ސަރުކާރު އޮފީސްތައް ކައިރީގައްޔާއި ހޮޓާ ރެސްޓޯރެންޓުތަކުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!