މިދިޔަ ހަފްތާ މާލޭގައި 51 އެކްސިޑެންޓު ހިނގާފައިވޭ

މިދިޔަ ހަފްތާ މާލޭގައި 51 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި 51 އެކްސިޑެންޓްގެ ތެރެއިން 10 އެކްސިޑެންޓުގައި އެކިމީހުންނަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓުތަކާ ގުޅިގެން ފަސް މީހެއްގެ ލައިސެންސް ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

މި މުއްދަތުގައި ލައިސެންސް ނެތި އުޅަނދު ދުއްވި 152 މައްސަލައަކާއި އަތުގައި ލައިސެންސް ނެތި ދުއްވި 92 މައްސަލައެއް ފާހަގަކުރެވުނުއިރު، 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވެފައެއް ނުވެއެވެ. އަދި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 33 މައްސަލައާއި ޓްރެފިކް ނިޝާންތަކަށް ނުބަލައި ދުއްވި 29 މައްސަލައެއްވެސް މިދިޔަ މަހު ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާ ފުލުހުން ވަނީ 658 އުޅަނދުގައި ޓްރެފިކް ވަޔޮލޭޝަން ސްޓިކާ ޖަހައިފައެވެ. އަދި މި މުއްދަތުގައި 487 އުޅަނދު ޗެކުކޮށް، 45 ވެހިކަލް ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!