ވަގަށް ވެހިކަލް އެތެރެ ކުރި މައްސަލައިގެ ތަހުގީގު ފަށައިފި

ރާއްޖެ އަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ ތަހުގީގު ކަސްޓަމްސް އިން ފަށައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަހުމަދު ނުއުމާން ވިދާޅުވީ، ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލަ ކަމާ ގުޅުން ހުރި އެހެން ގައުމުތަކުގެ ކަސްޓަމްސް އާއި މުއައްސަސާތަކާ ގުޅިގެން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް ކަމެއް ނުބަލާ ދޫނުކޮށްލާނެ ކަމަށާއި އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ސިއްރުވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ކަސްޓަމްސް އިން މި ވެހިކަލްތައް އަތުލައިގެންފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެ ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެގޮތުން މި އޮޕަރޭޝަންގައި 3 ކާރާއި 2 ޕިކަޕަކާއި 2 ވޭނާއި 14 ސައިކަލު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!