ޑިއެގޯ ގާސިއާ މައްސަލާގައި ރާއްޖެއާއި މޮރީޝަސް މަޝްވަރާކުރަނީ

ޑިއެގޯ ގާސިއާ މޮރީޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އދ. ގައި ނެގި ވޯޓަށް ދެކޮޅު ހެދި މަދު ގައުމުތަކުގައި ރާއްޖެ ހިމެނުމުން އެކަމާ ގުޅޭގޮތުން މަޝްވަރާގެ މޭޒަށް ރާއްޖެއާއި މޮރީޝަސް އިން އަތުވެއްޖެއެވެ.

ރާއްޖެއާއި މޮރީޝަސްއާ ދެމެދު މަޝްވަރާގެ މަސައްކަތް ފެށިފައިވާކަން ހާމަކުރެއްވީ ޚަރިޖީ ވަޒީރު، އަބްދުﷲ ޝާހިދު އެމްޑީޕީގެ ޔޫތް ކޮންގްރެސްގައި އޮތް ޕެނެލް ޑިސްކަޝަން އެއްގައެވެ.

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިނީ، ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމާ ގުޅޭ މައްސަލައިގައި ވަކި ގޮތަކަށް ނުނިމެނީސް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފި ނަމަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވި އެވެ.

އަދި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރު ކުރާށެވެ. އދ. އަދި ޕްލެޓްފޯމެއްގައި ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސަރުކާރުން ވޯޓު ނުދޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!