ގިނަ ޢަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރުންގެ ބަދަލުގައި އެމަޤާމަށް ދިވެހި ޓީޗަރުން ހޯދުމަށް އެޑިއުކޭޝަނަން މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ. 

މި ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފައިވަނީ 59 ރަށެއްގެ ސްކޫލަށް ބޭނުންވާ ދާއިމީ ދިވެހި ޓީޗަރުން ހޯދުމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުރި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ހޯދުމަށެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޤާމުތަކުގެ ރޭންކަކީ ސީ.އެސް 11އިން ސީ.އެސް 15އަށް ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ހަތްހާހާއި ދިހަ ހާހާ ދެމެދުގެ މުސާރައެއް ކަނޑައަޅާފައިވާއިރު ސަރވިސް އެލެވަންސްގެ ގޮތުގައި ދެހާސް ފަސްސަތޭކަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. 

މީގެ އިތުރުން އިތުރު އިނާޔަތްތަކުގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްއާއި ރަށުން ބޭރުން ވަޒީފާ އަދާކުރުމަށް ދާ މުވައްޒަފުންނަށް ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން ހުރުމާއި ކެއުމުގެ އެލަންވަންސް ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 8ވަނަ ދުވަހު މެންދުރު އެއްގަޑި ތިރީހުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ. މިއަހަރުގެ ދިރާސީ ކިޔެވުން ފެށިއިރު ރާއްޖޭގެ ސްކޫލްތަކަކުގައި އެއްހާހަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދެމުންދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ބިދޭސީން ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ދިވެހި ދަރިވަރުންނަށް ކިޔަވައިދިނުމަށެވެ.

  1. ކަލޯމެން ހުއްޓާލާ ތިކަން. އިންޑިޔާއިން މީހުން ގެނެސް އަޅާލީމާ އޯކޭވާނެ. އޭރުން ދެރުފިޔާ ދިނަސް. ފުދޭނެ. ވަރަށް ސަލާމް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!