ބަނދަރު ސަރަހައްދު ހިލަތަކުގެ މައްޗަށް ސައިކަލާއެކު މީހަކު ވެއްޓިއްޖެ

ހިތަދޫ ބަނދަރު މަގުން ސައިކަލެއްގައި ދަތުރުކޮށްފައި ދިޔަ މީހަކު މޫދާ ދިމާލުން ހިލަތަކުގެ މައްޗަށް ސައިކަލާއެކީ ވެއްޓި ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ވެއްޓިފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ބޮޑެތި ޒަޚަމްތަކެއް މިހާދިސާގައި ލިބިފައިވާއިރު އެމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބފައިވުމުން އެމަޖެންސީގައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!