2 އަހަރުގެ ބްރޭކަކަށް ފަހު ބޮލީވުޑުގެ މަޝްހޫރު ބަތަލާ، ވިދްޔާ ބާލަން މިވަނީ ދާދިފަހުން ނެރުނު “މިޝަން މަންގަލް” އިން ފެނިގެންގޮސްފައެވެ. އަކްޝޭ ކުމާރާއެކު ވިދްޔާ ފެނިގެންދިޔަ އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ވަނީ އޭނާގެ ފިރިމީހާއާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި އެއީ ކީއްވެގެންކަން ހިއްސާކޮށްފައެވެ.
އުމުރުން 40 އަހަރުގެ ވިދްޔާ ބުނީ، ޑައިރެކްޓަރު ނުވަތަ ޕްރޮޑިއުސަރާއެކު މައްސަލައެއް ދިމާވެދާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެމީހުންނަށް ބަހުގެ ހަމަލާތައްދޭ ކަމަށެވެ. އެކަމަކު ފިރިމީހާއެކު އެގޮތަށް ނުޅެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފިރިމީހާގެ ފިލްމުތަކުގައި ފައިސާއަށް މަސައްކަތް ކުރަން ނުވެސް ކެރޭނެ ކަމަށް ވެސް ވިދްޔާ ބުނެއެވެ.
ވިދްޔާގެ ފިރިމީހާއަކީ ޕްރޮޑިއުސަރެކެވެ. އޭނާ ވަނީ “ދަންގަލް” އާއި “ފިތޫރު” އަދި “ޗެންނާއީ އެކްސްޕްރެސް” ފަދަ ފިލްމުތައް އުފައްދާފައެވެ.
އުމުރުން 45 އަހަރުގެ ސިދާތު ރޯއީ ކަޕޫރާއި ވިދްޔާ، 2012 ވަނަ އަހަރު ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ދަރިއަކު ވެސް ވަނީ ލިބިފައެވެ.