މުވައްޒަފުންނަށް އަނިޔާކުރުން ބަލައެއް ނުގަނެވޭނެ: ވެމްކޯ

މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތައް ބަލަޔެއް ނުގަނެވޭނެ ކަމަށާއި މިފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި ބަލަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ވެމްކޯގެ މުވައްޒަފުންނަށް ދިމާވާ އަނިޔާ އާއި ފުރައްސާރައާއި ގުޅޭގޮތުން ރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

“މި ކޯޕަރޭޝަންގެ އެންމެ އަގުބޮޑު ރައުސުލްމާލެއް ކަމުގައި އަބަދުވެސް ދެކެނީ، މި ކޯޕަރޭޝަންގެ މުވައްޒަފުންނެވެ. ރައްޔިތުންނަށް ސާފު ވެއްޓެއް ޔަޤީންކޮށްދިނުމުގެ މާތް މަޤްޞަދުގައި މި ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ތެރެއިން، މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިނގަމުންދާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ.” ވެމްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މިފަދަ ޢަމަލުތަކަކީ ވެމްކޯއިން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި މިފަދަ އަމަލުތައް ހިނގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި މައްސަލަ ބަލަމުންދާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!