ސަރުކާރުގެ އިސް މީހުން މަސްތުވާތަކެއްޗަށް ހިތްވަރުދޭތީ ހިތާމަކުރަން: އުމަރު

ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ފޭސްބުކްގައި އުމަރު ނަސީރު ހިއްސާކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާ ތަކެއްޗަށް ހިއްވަރު ދެއްވަމުން ގެންދަވާތީ ހިތާމަކުރައްވާ ކަމަށެވެ.

“ބާރުގަދަ މަސްތުވާ އެއްޗިއްސާ، ބާރުދެރަ މަސްތުވާ އެއްޗިއްސާ، ހިކި މަސްތުވާ އެއްޗިއްސާ، ދިޔާ މަސްތުވާ އެއްޗެތި ބޮއެގެން މިގައުމުގެ އެތައް އާއިލާއެއް ރޫޅި ޤައުމުގެ އުފެއްދުންތެރިކަން ދައްވެ، ޤައުމުގެ އެތައް މަސައްކަތް ތަކެއް ބިދޭސީން ނަގާ ޤައުމުގެ މިނިވަންކަމާ އަމިއްލަ ވަންތަކަށް ގެއްލި، މަގުތަކުގެ އަމާންކަން ގެއްލިގެން ގޮސްފައިވާކަމީ ފެންނަން އޮތް ހަގީގަތެއް” ކަމަށް އުމަރުގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.

ރާއްޖެ އިސްލާމް ދީނާ ކައިރިވެގެން ނޫނީ އެފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށް އުމަރު އިތުރަށް ވިދާޅުވި އެވެ.

އުމަރުނަސީރު މިމޭރުމުން ވާހަކަދައްކައިފައި މިވަނީ މިހާރު ހިނގަމުންދާ އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތީގެ ކަންތައްތައް ރާއްޖޭގައި ފެށިގެން ދިޔަގޮތާއި އަދި މިފަދަ ކަންކަމުގައި އުޅޭ ޒުވާނުންނާއި ދިމާކުރުމުގެ ބަދަލުގައި އެ ޒުވާނުން ކުރާނެ މަސައްކަތްތަކެއް އުފައްދާފައިވޭތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކައިފައި ވަނިކޮށެވެ.





Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!