ގދ.ފަރެސްމާތޮޑާ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނަސްރުއްﷲ ވިދާޅުވީ އެއަރޕޯޓްއެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮން ނިމިފައިވާކަމަށާއި ޓާރމިނަލާއި ރަންވޭގެ މަސައްކަތް އަދި ބަޔަކާ ހަވާލު ނުކުރާކަމަށެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަޝްރޫޢަކީ އެރަށުގެ އިތުރުން މުޅި ގދ.އަތޮޅުވެސް އެ މަޝްރޫއަކަށް އިންތިޒާރުކުރަމުންދާ މަޝްރޫއެއްކަމަށް މީގެކުރިން މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.
ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްޤީކުރަމުންދަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. މިއީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.