ސައުތު ކޮރެއާގެ މަޝްހޫރު ބައެއް ސެލެބްރިޓީން ރާއްޖެ އިޝްތިހާރުކޮށްފި

ސައުތު ކޮރެއާގެ މަޝްހޫރު ބައެއް ފަންނާނުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްފިއެވެ. 

ސައުތު ކޮރެއާގެ މަޝްހޫރު ފަރާތްތައް ރާއްޖެ ގެނެސްފައިވަނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ސްރީލަންކަން އެއަރލައިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިންނެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ސައުތު ކޮރެއާއިން ޒިޔާރަތްކުރި ބައެއް މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އެ ޤައުމުގެ ލަވަކިޔުންތެރިންނާއި، އެކްޓަރުންގެ އިތުރުން ޓީވީ ޕްރޮގުރާމްތައް ހުށައަޅާ ފަރާތްތައް ހިމެނެއެވެ.

ސައުތު ކޮރެއާގެ ޓީމް ރާއްޖެއަށްކުރި މި ދަތުރުގައި އެމީހުން ތިބީ އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖާއި، ސަންގރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައެވެ. މިމީހުންގެ ދަތުރުގައި ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިކަން ދައްކުވައިދޭ ގޮތަށް ތަފާތު 8 ވީޑިއޯއެއް ތައްޔާރުކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އަދި މި ވީޑިއޯތައް މިހާރު ވަނީ ވައި.ޖީ.ޕީ އެންޓަޓެއިންމަންޓްގެ ޔޫޓީއުބް ޗެނަލްގައި ޕަބްލިޝްކޮށްފައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ، 

ސައުތު ކޮރެއާގެ މާކެޓަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެކެވެ. 2018 ވަނަ އަހަރު ސައުތު ކޮރެއާއިން ރާއްޖެއަށް ތިރީސް ހަތަރުހާސް ހަތަރުސަތޭކަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!