2 މީހަކު މާރާމާރީ ހިންގާ, އެކަކުގެ ތުނބުޅި އުފުރާލާއިފި

މާލޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ތުނބުޅިން ބައެއް އުފުރާލައިފިއެވެ.

މި މާރާމާރީއަށްފަހު ދެމީހުން ފުލުހުންނާ މުއާމަލާތުކުރާ މަންޒަރުގެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.
މީސްމީޑިއާގައި ދަައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، މާރާމާރީ ހިންގި މީހަކާއި އަދި އިތުރު މީހަކު ފުލުހުންނާއި ވާހަކަދައްކާ މަންޒަރެވެ. އެމީހާ އުފުރާލި ތުނބުޅިވެސް އޭނާގެ އަތުގައި އޮންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުންނާއި އެ މީހުންނާއި މުއާމަލާތް ކުރަމުންދިޔައީ މާލޭ ފުޑް ކޯޓު ސަރަހައްދުގައެވެ.


މި މައްސަލާގައި ފުލުުހުންގެ ބަހެއް އަދި ނުލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!