ވަގަށް ވެހިކަލް އެތެރެ ކުރި މައްސަލަ ތަހުގީގު ކުރަނީ

ވަގަށް ވެހިކަލް އެތެރެ ކުރާ މައްސަލަ ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން ވިދާޅުވެއްޖެ އެވެ. 


ނުއުމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ތަހުގީގުގައި އެއްވެސް ކަމެއް ދޫކޮށްނުލާނެ ކަމަށާއި، އެއްވެސް މައުލޫމާތެއް ވެސް ސިއްރު ނުކުރާނެ ކަމަށެވެ. 

ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ ގެނެސްފަ އެވެ. އަދި އެއީ އެފަދަ ގޮތަކަށް އެތަކެތި ގެނައި ފުރަތަމަ ފަހަރު ނޫން ކަމަށާއި މިދިޔަ އެކަން ކުރާތާ އެތަށް ދުވަހެއް ވެފައިވާ ކަން ވަނީ ފެންމަތިވެފަ އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ އުޅަނދުތަކުގެ ސީއެންޑްއެފްގެ އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރާ ކަމަށާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!