3.5 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލައިފި

3.5 މިލިއަން ރުފިޔާ ބަނގުރާ ފުލުހުން މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ހުށަހެޅުނު 689 މައްސަލައަކާ ގުޅޭ އެކި ބާވަތްތަކުގެ ބަނގުރާ ފުޅި މިއަދު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން 8627 ބަނގުރާ ފުޅި ނައްތާލާފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގަކީ 3.5 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަކެތި މިއަދު ނައްތާލާފައިވަނީ ދޫނިދޫގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!