ފިހާރަތަކަކުން ވައްކަން ކުރަން އުޅުނު މީހެއްގެ ކާރު އެހެން މީހަކު ވަގަށް ނަގައިފި

އެމެރިކާގެ ވޮޝިންޓަންގެ ފިހާރަތަކަކުން ވައްކަން ކުރަން އުޅުނު މީހެއްގެ ކާރު އެހެން މީހަކު ވަގަށް ނަގައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ސީސީޓީވީ ކެމެރާގެ ފުޓެޖަކާ އެކު ވޮޝިންޓަންގެ ކެނެވިކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެ ވާހަކަ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި ފިހާރައެއްގެ ބޭރުގައި ޕާކްކޮށްފައި އޮތް ރަތް ކުލައިގެ ކާރު އާދީއްތަ ދުވަހުގެ ހެނދުނު 6:00 ހާއިރު އިރު ވަގަށް ނަގާފައިވާ ކަމަށް ބުނެ ރިޕޯޓްކުރީ ވިލިއަމް ކެލީ ކިޔާ މީހެކެވެ. އޭނާ ފުލުހުން ގާތު ބުނީ ފިހާރައިގެ ތެރޭގައި އުޅެނިކޮށް ކާރު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަން ހިނގި އިރު، އޭގެ ތަޅުދަނޑި އޮތީ ކާރުގެ ކުރީ ސީޓްގައި ކަމަށް ވެސް ވިލިއަމް ބުންޏެވެ.

އެކަމަކު އޭނާގެ ވާހަކަތަކާއި އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން ސީސީޓީވީ ފުޓެޖް ބެލިއިރު، ވިލިއަމްގެ ވެހިކަލް ވަގަށް ނެގީ އޭނާ ވައްކަންކުރަން ވަދެ އުޅުނު ފިހާރައިގެ ބޭރުގައި އޮއްވަ އެވެ.

ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ވެހިކަލް ޕާކްކޮށްފައި އޮތް އިމާރާތުގެ ކުރިމަތިން ބައިސްކަލެއްގައިދާ މީހަކު އަނބުރާލާފައި ގޮސް، ބައިސްކަލް ބަހައްޓާފައި ވެހިކަލަށް އަރައިގެން ނައްޓައިލާ ތަނެވެ. އަދި އޭގެ ފަހަތުން ވިލިއަމް ދުއްވައިގަންނަ ތަން ވެސް ފެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!