ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން އެނބުރި އަތުވެއްޖެ

ހައްޖުގެ މަތިވެރި އަޅުކަމަށް މިއަހަރު ރާއްޖެއިން ދިޔަ ހައްޖާޖީން މިމަހުގެ 18 އިން ފެށިގެން ރާއްޖެ އަންނަން ފަށާފައިވާއިރު ހައްޖުގެ އަޅުކަމަށް ފަހު އައި އެންމެ ފަހު ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

 
މިއަދު ރާއްޖެ އައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ 263 ހައްޖާޖީއެކެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ރާއްޖެ އައި އެންމެ ފަހު ހައްޖާޖީންގެ ގްރޫޕާ ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވާފައެވެ. އަދި ހައްޖާޖީންގެ ކަންކަން އިންތިޒާމު ކުރައްވަން ވަޑައިގެންނެވި ބޭފުޅުންނާ ވެސް ބައްދަލުކުރެއްވި އެވެ. 

ނައިބް ރައީސް ވަނީ މިއަހަރު ހައްޖުގެ އަޅުކަމަށް ފުރި އެންމެ ފުރަތަމަ ގްރޫޕް، ހައްޖަށް ފުރުމުގެ ކުރިން އެއާޕޯޓުން އެމީހުންނާ ވެސް ބައްދަލުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!