ވެމްކޯ މުވައްޒަފަކަށް މާލޭ މަގުމަތިން ހަމަލާދީ މާރާމާރީ ހިންގައިފި

މާލޭގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މީސްމީޑީއާގައި ދައުރުވަމުންދާ، ވެމްކޯ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މިހާރު ފަށާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ވެމްކޯގެ މުވައްޒަފަކަށް ފިރިހެނަކު ހަމަލާދީފައިވަނީ ހޮޅިގަނޑަކުންނެވެ. އަދި ހަމަލާދިނުން ހުއްޓުވަން ވެމްކޯގެ މުވައްޒަފު މަސައްކަތް ކުރުމުން އޭނާގެ ބޮލުގައި ވަރަށް ބާރަށް ވަނީ ހޮޅިގަނޑުން ޖަހާފައެވެ.

މިކަން ހިނގަން މެދުވެރިވި ސަބަބެއް އެނގިފައިނުވާއިރު އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެމްކޯގެ މުވައްޒަފު ބުނާ އަޑު އިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!