ސަރުކާރު ލަސްކަމަށް ބުނާ ވާހަކައަކީ ބޮޑު ދޮގެއް: ނަޝީދު

ކަންކަން ކުރުމުގައި މި ސަރުކާރު ލަސް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ބޮޑު ދޮގެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ލަސްކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެ ދޮގު ތަކުރާރުކުރަނީ ރައްޔިތުންނަށް އެއީ ތެދެއްކަން ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

“އޭގެތެރެއިން ތި ބޭފުޅުން ނުވަންނަވާތީ. އެ ދޮގު ތަކުރާރު ނުކުރައްވާތި. އަދި މީހަކު ލަހެއް ވެގެނެއް ކަމެއް ނުވެގެނެއް އުޅޭކަށް ނުޖެހެއޭ” ނަޝީދު ވިދާޅުވިއެވެ.

ފާއިތުވި ސަރުކާރުތަކުގައި ވެސް ކަންކަން ކުރަން ފެށިފައި ހުރީ ކޮން ހިސާބެއްގައިކަން ބަލާލުން ރަނގަޅު ކަމަށާއި އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެ އަހަރަކު ފެށޭނީ 70 ޕަސެންޓަށް ވުރެ ދަށް އަދަދެއްގެ މަސައްކަތްތައް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުވެސް ރައީސްކަން ކުރިން، ރައީސް ޔާމީން ވެސް ދައުރެއް ނިންމަވައިފި. މީން ކޮންމެ ދައުރެއްގައި ވެސް ކަމެއް ހިނގަން ފަށާފަހުރީ، ކޮން އިރެއްގައިތޯ ރަނގަޅަށް ބައްލަވާލައްވަބައްލަވާ. ޕީއެސްއަޕީ ޑިސްޕާސް ނުވެގެން، އަޅުގަނޑުމެން ބޭނުން ޑިސްޕާސްވާން. އެހެންނަމަވެސް މުލި ޖުމްލަ ނިމޭއިރުވެސް 70 ޕަސެންޓް ނުވާ އެއްޗެއް އެއީ. އަޅުގަނޑުމެންނަށް ކަމެއް ލަސްވެގެެނެއް އުޅެންޖެހޭ ކަށެއް ނެތް” ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ ހަގީގީ ތަރައްގީ އަކީ އިންސާނާގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލު ކަމަށް ވިދާޅުވާ ވާހަކަ ވެސް މިއަދުގެ ބައްދަލުވުމުގައި ތަކުރާރު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!