އެމީ ޖެކްޝަނަށް ލިބެން އުޅޭ ދަރިފުޅަށް ކިޔާނެ ނަން ހާމަކޮށްފި

އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރެސް އަދި މޮޑެލް އެމީ ޖެކްޝަނަށް ލިބެން އުޅޭ ދަރިފުޅުގެ ނަން ހާމަކޮށްފި އެވެ. 
ޔޫކޭގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި އެމީ އޭނާގެ ދަރިފުޅަށް ކިޔާނެ ނަން ހާމަކޮށްފައިވާއިރު އެކުއްޖާއަށް އޭނާ ކިޔަން ނިންމާފައިވަނީ “އެންޑްރޭއަސް” އެވެ. 

ދާދި ފަހުން އޭނާ “ބޭބީ ޝަވާ” ވަރަށް ކުލަ ގަދަކޮށް ބާއްވާފައި ވެއެވެ. އެ ހަފްލާގައި އޭނާގެ ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އުމުރުން 27 އަހަރުގެ އެމީ އޭނާގެ ލޯބިވެރިޔާ ޖޯޖު ޕަނައްޔޯތާ އާ އެންގޭޖުވެފައި ވަނީ މިއަހަރުގެ ފުރަތަމަ ދުވަހު (އެކެއް ޖެނުއަރީ) ގައެވެ. އަދި އޭނާ އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީއަށް ނިސްބަތް ނުވާ ޖޯޖަކީ އިނގިރޭސިވިލާތުގެ މުއްސަނދި މީހެއްގެ ދަރިއެކެވެ.

އެމީ ވަނީ ތަމިލް ފިލްމުތަކުގެ އިތުރުން ބޮލީވުޑު މަޝްހޫރު ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އެމީ އެންމެ ފަހުން ފެނިގެން ދިޔައީ “2.0” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!