އެކަނިވެފައި އިން އެމްޑީޕީގެ ފްލެގް މޭން ޖެންޑާއިން ހޯދައިފި

ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ ހަރަކާތްތަކުން އެންމެ ސަމާލުކަން ހޯދައިފައިވާ “ފްލެގް މޭން” އާއި ޖެންޑާ މިނިސްޓްރީއާއި މުޢާމަލާތު ކުރަމުން ދާކަމުގައި އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަޅާލާނެ މީހަކު ނެތް ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި “ފްލެގް މޭން” ގެ ފޮޓޯތަކާއި ވާހަކަ ތައް ދަޢުރުވާން ފެށުމާއެކު ޖެންޑާ މިނިސްޓްރީން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ޖެންޑާ މިނިސްޓްރީ އޭނާ ހޯދަމުން ދިޔައީ އަޅާލާނެ ފަރާތެއް ނެތުމުން ދަޢުލަތުން އޭނާ ބެލުމުގެ ކަންތައްތަކާ ހަވާލުވުމަށެވެ.

އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ފަޔަށް އަނިޔާވެ ވަރަށް ބޮޑަށް ވަނީ ދުޅަވެސް ވެފައެވެ. އެ ފޮޓޯ ހިއްސާ ކުރި މީހާ ބުނީ އެ އަނިޔާތަކަކީ މުޒާހަރާގެ ތެރެއިން އޭނާއަށް ލިބުނު އަނިޔާތަކެއް ކަމަށެވެ. 

އެއާއެކު ޖެންޑާ މިނިސްޓްރީން ފްލެގް މެން ހޯދުމުގެ މަސައްކަތް ފެށިއިރު މިހާރު އޭނާއާ ގުޅިފައިވާ ކަމަށާއި އެޓެންޑުވެސް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތަށް ދަޢުރުވާން ފެށުމުން ޖެންޑާ މިނިސްޓްރީން ވަނީ އެމިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައިތީ ޝުކުރު އަދާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!