ޓްވިޓާގެ ސީއީއޯގެ އެކައުންޓް ހެކްކޮށްފި

ޓްވިޓާގެ ކޯ-ފައުންޑާ އަދި ސީއީއޯ ޖެކް ޑޯޒީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޓްވިޓާގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ. ޑޯޒީގެ އެކައުންޓް ހެކްކުރުމަށް ފަހު، އެކި ކަހަލަ ޓްވީޓްތައް އެ އެކައުންޓުން ކޮށްފައިވެ އެވެ.

ގިނަ ބަޔަކު ބުނިގޮތުގައި ޓްވިޓާގެ ވެރިޔާގެ އެކައުންޓް ހެކްކުރުމަކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، އަދި ސެކިއުރިޓީ ފެންވަރު ވެސް ދަށްކަމުގެ ހެއްކެކެވެ.

ޑޯޒީގެ އެކައުންޓަކީ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އަދި ޓްވިޓާގެ އެންމެ ނުފޫޒު ގަދަ އެއް އެކައުންޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!