ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން ޕްރޮގްރާމް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
“އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ނަމުގައި ބީއެމްއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމްއަކީ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ. މިއީ މި ހަރަކާތް ކުރިއަށްގެންދާ 3 ވަނަ އަހަރުކަމަށް ބެންކުން ބުނެއެވެ.
މިއަހަރުގެ ކޮންމެ ކުއާޓާރއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.