އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ) މިއަދު ފަށައިފި އެވެ.
މި އަހަރުގެ މަހާސިންތާގެ މައިގަނޑު ތީމަކީ “ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން” މިއެވެ. އައި.ސީ.އައި.އޭ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮތް އެންވާރަމެންޓް ޑރ.ޙުސައިން ރަޝީރު ޙަސަން ބައިވެވަޑައިގެންފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާގައި ބައިވެރިން 50 ދިރާސާ ކަރުދާސް ހުށަހަޅާނެ އެވެ. ބައިވެރިންގެ ތެރޭގައި އިސްލާމީ ޔުނިވާސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލަށް ކިޔަވާ ދަރިވަރުންނާއި އެހެން ޔުނިވަސިޓީ ދަރިވަރުން ހިމެނެއެވެ. މި އަހަރުގެ މަހާސިންތާގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.
މި މަހާސިންތާގައި ކަރުދާސްތައް ހުށަހެޅިގެންދާނެ ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރިކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލޭންގުއޭޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.