ފިލްމް ސާހޯ ވެސް ލީކް ކޮށްލައިފި

ޕްރަބާސްއާއި އެކު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެންނަ ފިލްމް “ސާހޯ” އިއްޔެ ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު، ފިލްމް އެޅުވިތާ ކުޑަ ވަގުތުކޮޅެއްތެރޭ ފިލްމް އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.

މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން ދިޔަ އެއްފިލްމް “ސާހޯ” އަކީ 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވައި ފިލްމެކެވެ.

މި ފިލްމް ލީކް ކޮށްލުމާއު ގުޅިގެން ފިލްމްގެ ލީޑް އެކްޓަރ ޝްރަދާ ވަނީ ފިލްމް ސިނަމާއަށް ގޮސް ބެލުމަށް ފޭނުންގާތު އެދިފައެވެ. އަދި މިގޮތަށް ލީކް ކުރާ ފިލްމްތަކުގެ މައުލޫމާތު ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.

ފަހަކަށްއައިސް ބޮލީވުޑްގެ ފިލްމްތައް އަޅުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލްމް އޮންލައިންކޮށް ލީކް ކުރުން މިވަނީ ވަރަށް އާއްމުކަމަކަށްވެފައެވެ. އެގޮތުން ކަންގަނާގެ އެންމެ ފަހުގެ ފިލްމް “ޖަޖްމެންޓަލް ހޭ ކިޔާ” އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި “ބަތްލާ ހައުސް” ވެސް ވަނީފާފިފަހުން ލީކް ކޮށްލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!