ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި ވަގަށްނެގި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި ވަގަށްނެގި މައްސަލައެއްގައި އެ ތަކެއްޗާއި އެކު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

 
ޕޮލިހުން ބުނީ ބަޔަކު ޕިކަޕެއްގެ ބެޓެރި ވަގަށްނަގަން އުޅޭކަމަށް އިއްޔެ 11:00 ހާއިރު ރިޕޯޓް ކުރުމުން، ހުޅުމާލޭ ފުލުހުން ކުރި މަސައްކަތުން 12:30 ހާއިރު ކުށުގެ ވެށިން ދެ ބެޓަރި ހޯދައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޕިކަޕުގެ ބެޓަރި ވަގަށްނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުން ބެޓަރީ ވަގަށް ނަގަން އުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއަގައި އާންމުވެފަ އެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުން، ޖީއެން ސައިކަލެއްގައި ގޮސް އެ ޕިކަޕު ކައިރިއަށް މަޑުކުރުމަށް ފަހު ސައިކަލު ފަހަތުގައި އިން މީހާ ފާބައިގެން ގޮސް ބެޓަރި ނަގައިގެން ގެނެސް ސައިކަލު ފަހަތަށް އަރުވަ އެވެ. އެ ދެ މީހުން ވެސް ތިބެނީ ވިއްސާރަ ކޯޓް ލައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!